Divehi

Al-Baqarah · 2:84

وَإِذْ أَخَذْنَا مِيثَاقَكُمْ لَا تَسْفِكُونَ دِمَاءَكُمْ وَلَا تُخْرِجُونَ أَنْفُسَكُمْ مِنْ دِيَارِكُمْ ثُمَّ أَقْرَرْتُمْ وَأَنْتُمْ تَشْهَدُونَ

އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އެއީ، ތިޔަބައިމީހުންގެ ލޭ ތިޔަބައިމީހުން ނުއޮހޮރުވުމަށެވެ. އަދި ތިޔަބައިމީހުންގެ ގޯތިގެދޮރުން ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ނުނެރުމަށެވެ. ދެން ތިޔަބައިމީހުން (އެކަމަށް) ހެކިވެ ތިބޭ حال (އެ عهد އަށް) އެއްބަސްވެ إقرار ވީމުއެވެ.

Тефсир на вашем језику

Тефсири на арапском

Превод

Слушај