ސޫރަތް 2 · ޖުޒު 1
Al-Baqarah · 2:80
وَقَالُوا لَنْ تَمَسَّنَا النَّارُ إِلَّا أَيَّامًا مَعْدُودَةً ۚ قُلْ أَتَّخَذْتُمْ عِنْدَ اللَّهِ عَهْدًا فَلَنْ يُخْلِفَ اللَّهُ عَهْدَهُ ۖ أَمْ تَقُولُونَ عَلَى اللَّهِ مَا لَا تَعْلَمُونَ
އަދި އެއުރެން ބުނޫއެވެ. عدد ކުރެވިގެންވާ (އެބަހީ: މަދު) ދުވަސްކޮޅެއްގައި މެނުވީ، ނަރަކައިގެ އަލިފާން ތިމަންމެން ގަޔަކު ނުބީހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން اللَّه ގެ حضرة ން (އެކަމަށް) عهد އެއް ހިފާފައި އޮތީހެއްޔެވެ؟ އެހެންކަމަށްވަނީނަމަ، اللَّه އެކަލާނގެ عهد ފުޅަކާ خلاف ވެވޮޑިއެއް ނުގަންނަވާނެތެވެ. ނޫންނަމަ، ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟
ތަފްސީރު
ތިޔަ ބަހުން ތަފްސީރެއް ނެތް. މިއީ އިނގިރޭސި ބަހުން އަލް-މުޚްތަސަރ.
80. They say, falsely, that the fire of Hell will not touch them and they will not be in it except for a few days. Ask them, O Muhammad, if they have had a promise from Allah that this will be the case: if they have had a promise, then Allah will not break His contract; or ask them if they are saying about Allah what they do not know.
ކިޔުމުގައި ހުޅުވާ - ސޫރަތް އެކުން ކިޔާ