يَا أَيُّهَا الْمُدَّثِّرُ1
އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ!
قُمْ فَأَنْذِرْ2
ކަލޭގެފާނު ތެދުވެވަޑައިގެން إنذار ކުރައްވާށެވެ!
وَرَبَّكَ فَكَبِّرْ3
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް تكبير ވިދާޅުވާށެވެ!
وَثِيَابَكَ فَطَهِّرْ4
އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް طاهر ކުރައްވާށެވެ!
وَالرُّجْزَ فَاهْجُرْ5
އަދި ބުދަށް އަޅުކަންކުރުމާ ދުރުވެވަޑައިގަންނަވާށެވެ!
وَلَا تَمْنُنْ تَسْتَكْثِرُ6
އަދި ގިނައިން ލިބުން އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ!
وَلِرَبِّكَ فَاصْبِرْ7
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށްޓަކައި ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ!
فَإِذَا نُقِرَ فِي النَّاقُورِ8
ފަހެ، ތާޅަފިލި ފުމެލައްވާ ހިނދެވެ.
فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ9
ފަހެ، އެދުވަސް އެއީ އުނދަގޫވެގެންވާ ދުވަހެކެވެ.
عَلَى الْكَافِرِينَ غَيْرُ يَسِيرٍ10
كافر ންގެ މައްޗަށް ފަސޭހަކަމެއް ނުވާ ދުވަހެކެވެ.
ذَرْنِي وَمَنْ خَلَقْتُ وَحِيدًا11
ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ!
وَجَعَلْتُ لَهُ مَالًا مَمْدُودًا12
ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ!
وَبَنِينَ شُهُودًا13
އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ.
وَمَهَّدْتُ لَهُ تَمْهِيدًا14
އަދި (ދުނިޔޭގެ ހުރިހާ ކަމެއް) ތަނަވަސްކޮށްދެއްވައި، އޭނާޔަށް ފަސޭހަކޮށްދެއްވީމެވެ.
ثُمَّ يَطْمَعُ أَنْ أَزِيدَ15
ދެންވެސް އޭނާ އެދެނީ، ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވުމަށެވެ.
كَلَّا ۖ إِنَّهُ كَانَ لِآيَاتِنَا عَنِيدًا16
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާވީ، ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ މީހެއް ކަމުގައެވެ.
سَأُرْهِقُهُ صَعُودًا17
ނިކަންހުރެ ތިމަންރަސްކަލާނގެ، ގަދަފަދަވެގެންވާ عذاب އަކަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ.
إِنَّهُ فَكَّرَ وَقَدَّرَ18
ހަމަކަށަވަރުން، އޭނާ ވިސްނައި فكر ކޮށް ރޭވިއެވެ.
فَقُتِلَ كَيْفَ قَدَّرَ19
ފަހެ، އޭނާޔަށް لعنة ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟
ثُمَّ قُتِلَ كَيْفَ قَدَّرَ20
ދެން އޭނާޔަށް لعنة ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟
ثُمَّ نَظَرَ21
ދެން އޭނާ ބަލައި ވިސްނިއެވެ.
ثُمَّ عَبَسَ وَبَسَرَ22
ދެން އޭނާ މޫނު ކުނިކޮށްލިއެވެ. އަދި މޫނު ހެދިއެވެ.
ثُمَّ أَدْبَرَ وَاسْتَكْبَرَ23
ދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ.
فَقَالَ إِنْ هَٰذَا إِلَّا سِحْرٌ يُؤْثَرُ24
ފަހެ، އޭނާ ބުންޏެވެ. ޖާދޫގަރުންގެ ކިބައިން އައިސްފައިވާ ޖާދޫއެއް ކަމުގައި މެނުވީ މި قرآن ނުވެއެވެ.
إِنْ هَٰذَا إِلَّا قَوْلُ الْبَشَرِ25
آدم ގެދަރިންގެ ބަސްކަމުގައި މެނުވީ މި قرآن ނުވެއެވެ.
سَأُصْلِيهِ سَقَرَ26
ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކަޔަށް ވައްދަވާހުށީމެވެ.
وَمَا أَدْرَاكَ مَا سَقَرُ27
އެ ނަރަކަޔަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
لَا تُبْقِي وَلَا تَذَرُ28
އެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ.
لَوَّاحَةٌ لِلْبَشَرِ29
ގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ.
عَلَيْهَا تِسْعَةَ عَشَرَ30
(ބެލެހެއްޓެވުމަށް) އެ ނަރަކައިގެ މައްޗަށް އޮނަވިހި ملائكة ންވެއެވެ.
وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا ۙ وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ ۙ وَلِيَقُولَ الَّذِينَ فِي قُلُوبِهِمْ مَرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ اللَّهُ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِيَ إِلَّا ذِكْرَىٰ لِلْبَشَرِ31
އަދި ނަރަކައިގެ ބަނޑޭރިން ކަމުގައި، ތިމަންރަސްކަލާނގެ ملائكة ން މެނުވީ ނުލައްވަމެވެ. އަދި كافر ވި މީހުންނަށް امتحان އެއްކަމުގައި މެނުވީ އެ ملائكة ންގެ عدد ނުލައްވަމެވެ. (އެއީ) ފޮތް ލިބުނު މީހުންނަށް يقين ވުމަށާއި، އަދި إيمان ވި މީހުންގެ إيمان ކަން އިތުރުވުމަށާއި، އަދި ފޮތް ލިބުނު މީހުންނާއި إيمان ވި މީހުން شك ނުކުރުމަށްޓަކައެވެ. އަދި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުންނާއި، كافر ން ބުނުމަށްޓަކައެވެ. މި مثال ން اللَّه އިރާދަކުރެއްވީ ކޮންއެއްޗެއް ބާވައެވެ؟ އެފަދައިން اللَّه އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ لشكر ގެ عدد، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ. އަދި آدم ގެދަރިންނަށް عبرة ތެރި ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ، އެ ނަރަކަ ނުވެތެވެ.
كَلَّا وَالْقَمَرِ32
ހަމަަހިލާ އެހެންނަކުން ނުވާނެއެވެ. ހަނދު ގަންދެއްވަމެވެ.
وَاللَّيْلِ إِذْ أَدْبَرَ33
އަދި ރޭގަނޑު ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
وَالصُّبْحِ إِذَا أَسْفَرَ34
އަދި އަލިވެގެންދާހިނދު، ފަތިސް ގަންދެއްވަމެވެ.
إِنَّهَا لَإِحْدَى الْكُبَرِ35
ހަމަކަށަވަރުން، އެ ނަރަކައީ، ބޮޑެތި ބަލާތަކުގެ ތެރެއިން ބަލާއެއްކަން ކަށަވަރެވެ.
نَذِيرًا لِلْبَشَرِ36
آدم ގެދަރިންނަށް إنذار ކުރާ އެއްޗެއްގެ ގޮތުގައެވެ.
لِمَنْ شَاءَ مِنْكُمْ أَنْ يَتَقَدَّمَ أَوْ يَتَأَخَّرَ37
ތިޔަބައިމީހުންކުރެ ބޭނުން މީހަކަށް ކުރިއެރުންވެއެވެ. ނުވަތަ ފަސްޖެހުންވެއެވެ.
كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ38
ކޮންމެ نفس އެއް، އެ نفس އެއް ހޯދައިގަތްކަމަކުން ބަނދެވިގެންވެއެވެ.
إِلَّا أَصْحَابَ الْيَمِينِ39
ކަނާތްފަރާތުގެ أهل ވެރިން މެނުވީއެވެ.
فِي جَنَّاتٍ يَتَسَاءَلُونَ40
ކަނާތްފަރާތުގެ أهل ވެރިން މެނުވީއެވެ.
عَنِ الْمُجْرِمِينَ41
(އެއުރެންވަނީ) ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ سؤال ކުރާ حال ގައެވެ.
مَا سَلَكَكُمْ فِي سَقَرَ42
ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟
قَالُوا لَمْ نَكُ مِنَ الْمُصَلِّينَ43
އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ.
وَلَمْ نَكُ نُطْعِمُ الْمِسْكِينَ44
އަދި ތިމަންމެން مسكين ންނަށް ކާންދީއެއް ނޫޅެމުއެވެ.
وَكُنَّا نَخُوضُ مَعَ الْخَائِضِينَ45
އަދި باطل ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން باطل ވާހަކަ ދައްކައި އުޅުނީމުއެވެ.
وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ46
އަދި ތިމަންމެން قيامة ދުވަސް ދޮގުކޮށް އުޅުނީމުއެވެ.
حَتَّىٰ أَتَانَا الْيَقِينُ47
يقين ކަން (އެބަހީ: މަރު) ތިމަންމެންނާ ހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ.
فَمَا تَنْفَعُهُمْ شَفَاعَةُ الشَّافِعِينَ48
ފަހެ، شفاعة ތެރިވާމީހުންގެ شفاعة، އެއުރެންނަކަށް މަންފާއެއް ނުކުރާނެތެވެ.
فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِينَ49
ފަހެ، ހަނދާންކޮށްދިނުމުން (އެބަހީ: قرآن ން) އެއުރެން އެއްކިބާވެ ދުރަށްދަނީ ކީއްވެގެން ހެއްޔެވެ؟
كَأَنَّهُمْ حُمُرٌ مُسْتَنْفِرَةٌ50
ފަހެ، ހަނދާންކޮށްދިނުމުން (އެބަހީ: قرآن ން) އެއުރެން އެއްކިބާވެ ދުރަށްދަނީ ކީއްވެގެން ހެއްޔެވެ؟
فَرَّتْ مِنْ قَسْوَرَةٍ51
އެއުރެން ސިންގާއަކަށް ފިލަންދުވާ وحشى حمار ތަކެއް ފަދައެވެ.
بَلْ يُرِيدُ كُلُّ امْرِئٍ مِنْهُمْ أَنْ يُؤْتَىٰ صُحُفًا مُنَشَّرَةً52
އަދި ކިއެއްތަ! އެއުރެންކުރެ ކޮންމެ މީހަކު އެދެނީ، ލިޔުއްވާފައިވާ ފަތްފުށްތަކެއް އެމީހަކަށް ބާވައިލެއްވުމަށެވެ.
كَلَّا ۖ بَلْ لَا يَخَافُونَ الْآخِرَةَ53
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! އެއުރެން آخرة އަކަށް ބިރެއް ނުގަނެތެވެ.
كَلَّا إِنَّهُ تَذْكِرَةٌ54
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ قرآن އަކީ ހަނދާންކޮށްދިނުމެކެވެ.
فَمَنْ شَاءَ ذَكَرَهُ55
ފަހެ، ބޭނުން މީހަކު އެ قرآن ހަނދުމަކުރާހުށިކަމެވެ!
وَمَا يَذْكُرُونَ إِلَّا أَنْ يَشَاءَ اللَّهُ ۚ هُوَ أَهْلُ التَّقْوَىٰ وَأَهْلُ الْمَغْفِرَةِ56
އަދި اللَّه އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެންނަކަށް ހަނދާނެއް ނުކުރެވޭނެތެވެ. އެކަލާނގެއީ (މީސްތަކުން އެކަލާނގެއަށް ބިރުވެތިވެ) تقوى ވެރިވުން حق ވެގެންވާ، އަދި (ކިޔަމަންގަތް އަޅުންނަށް) ފާފަތައް ފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ.