Al-Falaq

سورة الفلق

ސޫރަތް 113 · މައްކީ · 5 އާޔަތް

113:1 · Al-Falaqޖުޒު 30 · ޞ. 604

قُلْ أَعُوذُ بِرَبِّ الْفَلَقِ1

ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ.
113:2ޖުޒު 30 · ޞ. 604

مِنْ شَرِّ مَا خَلَقَ2

އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ.
113:3ޖުޒު 30 · ޞ. 604

وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ3

އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.
113:4ޖުޒު 30 · ޞ. 604

وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ4

އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: سحر ހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ.
113:5ޖުޒު 30 · ޞ. 604

وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ5

އަދި حسد ވެރިޔަކު حسد ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.

ސޫރަތުގެ ފެށުމުން ޕްލޭކުރޭ

Muhammad Ayyub - Al-Falaq · Tlawati