Al-Humazah

سورة الهمزة

ސޫރަތް 104 · މައްކީ · 9 އާޔަތް

104:1ޖުޒު 30 · ޞ. 601

وَيْلٌ لِكُلِّ هُمَزَةٍ لُمَزَةٍ1

غيبة ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ.
104:2ޖުޒު 30 · ޞ. 601

الَّذِي جَمَعَ مَالًا وَعَدَّدَهُ2

އެމީހާއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައިހުރި މީހާއެވެ.
104:3ޖުޒު 30 · ޞ. 601

يَحْسَبُ أَنَّ مَالَهُ أَخْلَدَهُ3

ހަމަކަށަވަރުން، އޭނާގެ މުދާ އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެތެވެ.
104:4ޖުޒު 30 · ޞ. 601

كَلَّا ۖ لَيُنْبَذَنَّ فِي الْحُطَمَةِ4

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުޑުކޮށްލަނިވި ނަރަކަޔަށް އޭނާ އެއްލައިލައްވާނެކަން ކަށަވަރެވެ.
104:5ޖުޒު 30 · ޞ. 601

وَمَا أَدْرَاكَ مَا الْحُطَمَةُ5

އަދި، ފުނޑުފުނޑުކޮށްލަނިވި ނަރަކަޔަކީ، ކޮންއެއްޗެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
104:6ޖުޒު 30 · ޞ. 601

نَارُ اللَّهِ الْمُوقَدَةُ6

(އެއީ) اللَّه ގެ އަނދައަނދާ ހުންނަ ނަރަކަޔެވެ.
104:7ޖުޒު 30 · ޞ. 601

الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ7

އެއީ ހިތްތަކަށް އޭގެ ހޫނާއި، ވޭން ފޯރުވަނިވި ނަރަކަޔެވެ.
104:8ޖުޒު 30 · ޞ. 601

إِنَّهَا عَلَيْهِمْ مُؤْصَدَةٌ8

ހަމަކަށަވަރުން، އެ ނަރަކަވާނީ، އެއުރެންނާއެކު، ތަޅުލައްވާފައެވެ.
104:9ޖުޒު 30 · ޞ. 601

فِي عَمَدٍ مُمَدَّدَةٍ9

) އެއުރެންވާހުށީ) ދިގުވެގެންވާ ތަނބުތަކެއްގައި ބަންނަވާފައެވެ.

ސޫރަތުގެ ފެށުމުން ޕްލޭކުރޭ