Al-Kafirun

سورة الكافرون

ސޫރަތް 109 · މައްކީ · 6 އާޔަތް

109:1 · Al-Kafirunޖުޒު 30 · ޞ. 603

قُلْ يَا أَيُّهَا الْكَافِرُونَ1

ކަލޭގެފާނު ވިދާޅުވާށެވެ! އޭ كافر ންނޭވެ!
109:2ޖުޒު 30 · ޞ. 603

لَا أَعْبُدُ مَا تَعْبُدُونَ2

ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ.
109:3ޖުޒު 30 · ޞ. 603

وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ3

އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حق ވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.
109:4ޖުޒު 30 · ޞ. 603

وَلَا أَنَا عَابِدٌ مَا عَبَدْتُمْ4

އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
109:5ޖުޒު 30 · ޞ. 603

وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ5

އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حق ވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.
109:6ޖުޒު 30 · ޞ. 603

لَكُمْ دِينُكُمْ وَلِيَ دِينِ6

ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ دين އެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ دين އެވެ.

ސޫރަތުގެ ފެށުމުން ޕްލޭކުރޭ

Abdullah Basfar - Al-Kafirun · Tlawati