Al-Waqi'ah

سورة الواقعة

ސޫރަތް 56 · މައްކީ · 96 އާޔަތް

56:1ޖުޒު 27 · ޞ. 534

إِذَا وَقَعَتِ الْوَاقِعَةُ1

قيامة ވެއްޖެހިނދެވެ.
56:2ޖުޒު 27 · ޞ. 534

لَيْسَ لِوَقْعَتِهَا كَاذِبَةٌ2

އެކަންވާނޭކަމާމެދު إنكار ކޮށް ދޮގުކުރާނޭ ފަރާތެއް ނުވެއެވެ.
56:3ޖުޒު 27 · ޞ. 534

خَافِضَةٌ رَافِعَةٌ3

އެއްބަޔަކު ދަށްކުރަމުން، އަނެއްބަޔަކު މަތިކުރަމުންނެވެ. (އެބަހީ: އަބާއްޖަވެރިން ދަށްކުރައްވައި، ބާއްޖަވެރިން މަތިވެރިކުރައްވާ ދުވަހެއްގެ ގޮތުގައެވެ.)
56:4ޖުޒު 27 · ޞ. 534

إِذَا رُجَّتِ الْأَرْضُ رَجًّا4

ބިންގަނޑު ގަދަފަދައަށް ހެލިގެންފިހިނދެވެ.
56:5ޖުޒު 27 · ޞ. 534

وَبُسَّتِ الْجِبَالُ بَسًّا5

އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ.
56:6ޖުޒު 27 · ޞ. 534

فَكَانَتْ هَبَاءً مُنْبَثًّا6

ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ.
56:7ޖުޒު 27 · ޞ. 534

وَكُنْتُمْ أَزْوَاجًا ثَلَاثَةً7

އަދި ތިޔަބައިމީހުން (އެދުވަހުން) ތިންބާވަތަކަށް ވެދެއެވެ.
56:8ޖުޒު 27 · ޞ. 534

فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ8

ފަހެ، ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟
56:9ޖުޒު 27 · ޞ. 534

وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ9

އަދި ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، (ދަރަޖައިގެގޮތުން) ކޮންބަޔެއްހެއްޔެވެ؟
56:10ޖުޒު 27 · ޞ. 534

وَالسَّابِقُونَ السَّابِقُونَ10

އަދި ކުރިއަރައިދިޔަ މީހުންނީ، (ދަރަޖައިގެގޮތުން) ކުރިއަރައިދިޔަ މީހުންނެވެ.
56:11ޖުޒު 27 · ޞ. 534

أُولَٰئِكَ الْمُقَرَّبُونَ11

ކުއްތަންކުރައްވާފައިވާ މީހުންނީ، އެއުރެންނެވެ.
56:12ޖުޒު 27 · ޞ. 534

فِي جَنَّاتِ النَّعِيمِ12

نعمة ގެ ސުވަރުގެތަކުގައެވެ.
56:13ޖުޒު 27 · ޞ. 534

ثُلَّةٌ مِنَ الْأَوَّلِينَ13

އިސްވެދިޔަމީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ.
56:14ޖުޒު 27 · ޞ. 534

وَقَلِيلٌ مِنَ الْآخِرِينَ14

އަދި ފަހުގެ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކާ އަޅައިބަލާއިރު، محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިން) މަދުބަޔެކެވެ.
56:15ޖުޒު 27 · ޞ. 534

عَلَىٰ سُرُرٍ مَوْضُونَةٍ15

ރަނާއި، ޖަވާހިރުން އަތްކަން އަޅުއްވާފައިވާ ދާންތަކެއްގެ މަތީގައެވެ.
56:16ޖުޒު 27 · ޞ. 534

مُتَّكِئِينَ عَلَيْهَا مُتَقَابِلِينَ16

އެ ދާންތަކުގެ މަތީގައި، އެކަކު އަނެކަކާ ކުރިމަތިލައި، ލެނގިގެންވާ حال ގައެވެ.
56:17ޖުޒު 27 · ޞ. 535

يَطُوفُ عَلَيْهِمْ وِلْدَانٌ مُخَلَّدُونَ17

ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ.
56:18ޖުޒު 27 · ޞ. 535

بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِنْ مَعِينٍ18

ތަށިތަކަކާއި، ކުރާތަކަކާއިގެންނެވެ. އަދި ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ރާތަށިތަކަކާއިގެންނެވެ.
56:19ޖުޒު 27 · ޞ. 535

لَا يُصَدَّعُونَ عَنْهَا وَلَا يُنْزِفُونَ19

އޭގެސަބަބުން އެއުރެންނަށް ބޮލުގެ ރިހުމެއް ނުލިބޭނެތެވެ. އަދި މަސްތުވުމެއްވެސް ނުމެލިބޭނޭމެއެވެ.
56:20ޖުޒު 27 · ޞ. 535

وَفَاكِهَةٍ مِمَّا يَتَخَيَّرُونَ20

އަދި އެއުރެން ބޭނުންގޮތަކަށް ނަގާނޭ މޭވާތަކާއިގެންނެވެ.
56:21ޖުޒު 27 · ޞ. 535

وَلَحْمِ طَيْرٍ مِمَّا يَشْتَهُونَ21

އަދި އެއުރެން ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހާއިގެންނެވެ.
56:22ޖުޒު 27 · ޞ. 535

وَحُورٌ عِينٌ22

އަދި ކަޅިރަވަ ރީތި، حورالعين ން ތިބޭނެއެވެ.
56:23ޖުޒު 27 · ޞ. 535

كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ23

(އެކަނބަލުން) ރައްކާތެރިކުރައްވާފައިވާ ރަންމުތްތަކަކާ އެއްފަދަވެގެންވެއެވެ.
56:24ޖުޒު 27 · ޞ. 535

جَزَاءً بِمَا كَانُوا يَعْمَلُونَ24

(އެއީ) އެއުރެން ކޮށްއުޅުނު عمل ތަކަށް ޖަޒާއެއް ކަމުގައެވެ.
56:25ޖުޒު 27 · ޞ. 535

لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا25

ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ.
56:26ޖުޒު 27 · ޞ. 535

إِلَّا قِيلًا سَلَامًا سَلَامًا26

އެހެނެއްކަމަކު (އެއުރެންނަށް އިވޭނީ) سلام ހުށްޓޭ، سلام ހުށްޓޭ، ބުނެވޭ އަޑެވެ.
56:27ޖުޒު 27 · ޞ. 535

وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ27

ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟
56:28ޖުޒު 27 · ޞ. 535

فِي سِدْرٍ مَخْضُودٍ28

(އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ.
56:29ޖުޒު 27 · ޞ. 535

وَطَلْحٍ مَنْضُودٍ29

ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ.
56:30ޖުޒު 27 · ޞ. 535

وَظِلٍّ مَمْدُودٍ30

އަދި ފެތުރިގެންވާ ހިޔަލުގައެވެ.
56:31ޖުޒު 27 · ޞ. 535

وَمَاءٍ مَسْكُوبٍ31

އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ.
56:32ޖުޒު 27 · ޞ. 535

وَفَاكِهَةٍ كَثِيرَةٍ32

އަދި ގިނަގުނަވެގެންވާ މޭވާތައްވެސްމެއެވެ.
56:33ޖުޒު 27 · ޞ. 535

لَا مَقْطُوعَةٍ وَلَا مَمْنُوعَةٍ33

ހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ.
56:34ޖުޒު 27 · ޞ. 535

وَفُرُشٍ مَرْفُوعَةٍ34

އަދި އުފުލިގެންވާ ދާންތަކެވެ.
56:35ޖުޒު 27 · ޞ. 535

إِنَّا أَنْشَأْنَاهُنَّ إِنْشَاءً35

ހަމަކަށަވަރުން، އަލުން އާ އުފެއްދެވުމަކުން ތިމަންރަސްކަލާނގެ އެކަނބަލުން (އެބަހީ: ސުވަރުގޭގެ އަންހެނުން) އުފެއްދެވީމެވެ.
56:36ޖުޒު 27 · ޞ. 535

فَجَعَلْنَاهُنَّ أَبْكَارًا36

ފަހެ، بِكر ވެރި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެކަނބަލުން ލެއްވީމެވެ.
56:37ޖުޒު 27 · ޞ. 535

عُرُبًا أَتْرَابًا37

ފިރިންދެކެ ލޯބިވާ، އެއްފުރާގެ ބަޔަކު ކަމުގައެވެ.
56:38ޖުޒު 27 · ޞ. 535

لِأَصْحَابِ الْيَمِينِ38

ކަނާތްފަރާތުގެ މީހުންނަށްޓަކައެވެ.
56:39ޖުޒު 27 · ޞ. 535

ثُلَّةٌ مِنَ الْأَوَّلِينَ39

އިސްވެދިޔަ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ.
56:40ޖުޒު 27 · ޞ. 535

وَثُلَّةٌ مِنَ الْآخِرِينَ40

އަދި ފަހުގެ މީހުންގެ ތެރެއިންވެސް (އެބަހީ: محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިންވެސް) ގިނަބަޔެކެވެ.
56:41ޖުޒު 27 · ޞ. 535

وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ41

ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟
56:42ޖުޒު 27 · ޞ. 535

فِي سَمُومٍ وَحَمِيمٍ42

(އެއުރެންވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ.
56:43ޖުޒު 27 · ޞ. 535

وَظِلٍّ مِنْ يَحْمُومٍ43

އަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ.
56:44ޖުޒު 27 · ޞ. 535

لَا بَارِدٍ وَلَا كَرِيمٍ44

ފިންޏެއްވެސް ނޫނެވެ. އަދި އަރާމެއްވެސް ނޫނެވެ.
56:45ޖުޒު 27 · ޞ. 535

إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ45

ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ.
56:46ޖުޒު 27 · ޞ. 535

وَكَانُوا يُصِرُّونَ عَلَى الْحِنْثِ الْعَظِيمِ46

އަދި ބޮޑުވެގެންވާ ފާފަވެރިކަމުގެ މަތީގައި ދެމިތިބޭ ބަޔަކުކަމުގައި އެއުރެންވޫއެވެ.
56:47ޖުޒު 27 · ޞ. 535

وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ47

އަދި އެއުރެން ބުނާކަމުގައިވިއެވެ. ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ހަމަކަށަވަރުން، ތިމަންމެން ވޭހެއްޔެވެ؟
56:48ޖުޒު 27 · ޞ. 535

أَوَآبَاؤُنَا الْأَوَّلُونَ48

އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟
56:49ޖުޒު 27 · ޞ. 535

قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ49

އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟
56:50ޖުޒު 27 · ޞ. 535

لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَعْلُومٍ50

ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ.
56:51ޖުޒު 27 · ޞ. 536

ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ51

ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ.
56:52ޖުޒު 27 · ޞ. 536

لَآكِلُونَ مِنْ شَجَرٍ مِنْ زَقُّومٍ52

އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން زقّوم ގަހުން ކާނޭކަން ކަށަވަރެވެ.
56:53ޖުޒު 27 · ޞ. 536

فَمَالِئُونَ مِنْهَا الْبُطُونَ53

ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ.
56:54ޖުޒު 27 · ޞ. 536

فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ54

ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ.
56:55ޖުޒު 27 · ޞ. 536

فَشَارِبُونَ شُرْبَ الْهِيمِ55

ފަހެ، ފެންބޮވައިގެންފައިވާ جمل ތައް ފެންބޯފަދައިންނެވެ.
56:56ޖުޒު 27 · ޞ. 536

هَٰذَا نُزُلُهُمْ يَوْمَ الدِّينِ56

قيامة ދުވަހުން އެއުރެންގެ މެހުމާންދާރީއަކީ މިއެވެ.
56:57ޖުޒު 27 · ޞ. 536

نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ57

ތިޔަބައިމީހުން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ތެދުނުކުރަނީ ކީއްވެހެއްޔެވެ؟
56:58ޖުޒު 27 · ޞ. 536

أَفَرَأَيْتُمْ مَا تُمْنُونَ58

ތިޔަބައިމީހުން ބޭރުކުރާ މަންޏާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟
56:59ޖުޒު 27 · ޞ. 536

أَأَنْتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ59

އެތަކެތި ހަދަނީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
56:60ޖުޒު 27 · ޞ. 536

نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ60

އެތަކެތި ހަދަނީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
56:61ޖުޒު 27 · ޞ. 536

عَلَىٰ أَنْ نُبَدِّلَ أَمْثَالَكُمْ وَنُنْشِئَكُمْ فِي مَا لَا تَعْلَمُونَ61

ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.
56:62ޖުޒު 27 · ޞ. 536

وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَىٰ فَلَوْلَا تَذَكَّرُونَ62

ހަމަކަށަވަރުން، ފުރަތަމަ އުފެއްދެވުން ތިޔަބައިމީހުންނަށް އެނގިފައިވެއެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ކީއްވެހެއްޔެވެ؟
56:63ޖުޒު 27 · ޞ. 536

أَفَرَأَيْتُمْ مَا تَحْرُثُونَ63

ތިޔަބައިމީހުން ގޮވާންކުރާ ތަކެއްޗާމެދު، ފަހެ، ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
56:64ޖުޒު 27 · ޞ. 536

أَأَنْتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ64

އެތަކެތި ބިމުން ފަޅުވަނީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެތަކެތި ބިމުން ފަޅުއްވާ ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟
56:65ޖުޒު 27 · ޞ. 536

لَوْ نَشَاءُ لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ65

ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ހިކި ކުނޑި ހުއިތަކެއް ކަމުގައި އެތަކެތި ލައްވައިފީމުސްކަން ކަށަވަރެވެ. ދެން އެކަމާމެދު ތިޔަބައިމީހުން حيران ވެފައި ތިބެއްޖައީހެވެ.
56:66ޖުޒު 27 · ޞ. 536

إِنَّا لَمُغْرَمُونَ66

(ތިޔަބައިމީހުން ބުނާނޫއެވެ.) ހަމަކަށަވަރުން، ތިމަންމެންނީ، ގެއްލުންވެގެންވާ ބަޔަކީމުއެވެ.
56:67ޖުޒު 27 · ޞ. 536

بَلْ نَحْنُ مَحْرُومُونَ67

އަދި ކިއެއްތަ! ތިމަންމެންނީ (އެތަކެތިން) محروم ވެގެންވާ ބަޔަކީމުއެވެ.
56:68ޖުޒު 27 · ޞ. 536

أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ68

ތިޔަބައިމީހުން ބޯ ފެނާމެދު، ތިޔަބައިމީހުން ފަހެ ވިސްނާ ބެލީމުހެއްޔެވެ؟
56:69ޖުޒު 27 · ޞ. 536

أَأَنْتُمْ أَنْزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنْزِلُونَ69

ވާރޭވިލާތަކުން އެ ފެން ވެއްސީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެެ ފެން ބާވައިލެއްވި ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟
56:70ޖުޒު 27 · ޞ. 536

لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ70

ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެ ފެން ބޯން ނުކެރޭފަދަ ލޮނު ފެނެއް ކަމުގައި ލައްވައިފީމުހެވެ. ފަހެ، ތިޔަބައިމީހުން شكر ނުކުރަނީ ކީއްވެހެއްޔެވެ؟
56:71ޖުޒު 27 · ޞ. 536

أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ71

ތިޔަބައިމީހުން ރޯކުރާ އަލިފާނާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟
56:72ޖުޒު 27 · ޞ. 536

أَأَنْتُمْ أَنْشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنْشِئُونَ72

އޭގެ ގަސް އުފެއްދީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެ އުފެއްދެވި ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
56:73ޖުޒު 27 · ޞ. 536

نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِلْمُقْوِينَ73

ހަނދުމަކުރުމެއް ކަމުގައްޔާއި، ދަތުރުފަތުރުކުރާ މީހުންނަށާއި، ދަތުރުނުކޮށް قائم ވެތިބޭ މީހުންނަށް ބޭނުންހިފޭ އެއްޗެއްކަމުގައި، ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ.
56:74ޖުޒު 27 · ޞ. 536

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ74

ފަހެ، ކަލޭގެފާނުގެ ވެރި، މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!
56:75ޖުޒު 27 · ޞ. 536

۞ فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ75

ފަހެ، ހަމަކަށަވަރުން، ތަރިތައް އޮސްފުހޭ ތަންތަން ގަންދެއްވައި ތިމަންރަސްކަލާނގެ ހުވާ وحى ކުރައްވަމެވެ.
56:76ޖުޒު 27 · ޞ. 536

وَإِنَّهُ لَقَسَمٌ لَوْ تَعْلَمُونَ عَظِيمٌ76

އަދި ތިޔަބައިމީހުން ދަންނަނީނަމަ، ހަމަކަށަވަރުން، އެއީ ބޮޑުވެގެންވާ ހުވަޔެއްކަން ކަށަވަރެވެ.
56:77ޖުޒު 27 · ޞ. 537

إِنَّهُ لَقُرْآنٌ كَرِيمٌ77

ހަމަކަށަވަރުން، އެއީ މާތްވެގެންވާ قرآن ކަން ކަށަވަރެވެ.
56:78ޖުޒު 27 · ޞ. 537

فِي كِتَابٍ مَكْنُونٍ78

ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ.

لَا يَمَسُّهُ إِلَّا الْمُطَهَّرُونَ79

طاهر ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ.
56:80ޖުޒު 27 · ޞ. 537

تَنْزِيلٌ مِنْ رَبِّ الْعَالَمِينَ80

(އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ.
56:81ޖުޒު 27 · ޞ. 537

أَفَبِهَٰذَا الْحَدِيثِ أَنْتُمْ مُدْهِنُونَ81

ތިޔަބައިމީހުން ދޮގުކޮށް ފަރުވާކުޑަކުރަނީ، މިވާހަކައާމެދުގައި (އެބަހީ: މި قرآن އާ މެދުގައި) ހެއްޔެވެ؟
56:82ޖުޒު 27 · ޞ. 537

وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ82

އަދި ތިޔަބައިމީހުންނަށް رزق ދެއްވިކަމުގެ މައްޗަށްކުރާ شكر އަކީ (އެ رزق ދެއްވި ރަސްކަލާނގެ) ދޮގުކުރުން ކަމުގައި ތިޔަބައިމީހުން ހަދަމުއެވެ.
56:83ޖުޒު 27 · ޞ. 537

فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ83

ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމަޔަށް ފުރާނައައިސް ނޭވާހޮޅިޔަށް އެޅިއްޖެހިނދެވެ.
56:84ޖުޒު 27 · ޞ. 537

وَأَنْتُمْ حِينَئِذٍ تَنْظُرُونَ84

އަދި އެހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ.
56:85ޖުޒު 27 · ޞ. 537

وَنَحْنُ أَقْرَبُ إِلَيْهِ مِنْكُمْ وَلَٰكِنْ لَا تُبْصِرُونَ85

އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ.
56:86ޖުޒު 27 · ޞ. 537

فَلَوْلَا إِنْ كُنْتُمْ غَيْرَ مَدِينِينَ86

އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ.
56:87ޖުޒު 27 · ޞ. 537

تَرْجِعُونَهَا إِنْ كُنْتُمْ صَادِقِينَ87

ފަހެ، ތިޔަބައިމީހުންނީ، عمل ތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ.
56:88ޖުޒު 27 · ޞ. 537

فَأَمَّا إِنْ كَانَ مِنَ الْمُقَرَّبِينَ88

ފަހެ، އެ (މަރުވި) މީހާ ކުއްތަންކުރައްވާފައިވާ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ!
56:89ޖުޒު 27 · ޞ. 537

فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ89

ފަހެ، އެމީހަކަށް އަރާމާއި، ތަނަވަސްވެގެންވާ رزق އާއި، نعمة ގެ ސުވަރުގެ ހުށްޓެވެ.
56:90ޖުޒު 27 · ޞ. 537

وَأَمَّا إِنْ كَانَ مِنْ أَصْحَابِ الْيَمِينِ90

އަދި އެމީހަކު ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ!
56:91ޖުޒު 27 · ޞ. 537

فَسَلَامٌ لَكَ مِنْ أَصْحَابِ الْيَمِينِ91

ފަހެ، (އެމީހަކަށް އަންގަވާނެތެވެ.) ކަނާތްފަރާތުގެ މީހުންގެ ކިބައިން ތިބާޔަށް سلام ހުށްޓެވެ.
56:92ޖުޒު 27 · ޞ. 537

وَأَمَّا إِنْ كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ92

އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ!
56:93ޖުޒު 27 · ޞ. 537

فَنُزُلٌ مِنْ حَمِيمٍ93

ފަހެ، އެމީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ.
56:94ޖުޒު 27 · ޞ. 537

وَتَصْلِيَةُ جَحِيمٍ94

އަދި ނަރަކަޔަށް ވެއްދެވުމެކެވެ.
56:95ޖުޒު 27 · ޞ. 537

إِنَّ هَٰذَا لَهُوَ حَقُّ الْيَقِينِ95

ހަމަކަށަވަރުން، މިއީ يقين ވެގެންވާ حق ތެދުކަން ކަށަވަރެވެ.
56:96ޖުޒު 27 · ޞ. 537

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ96

ފަހެ، ކަލޭގެފާނު ގެ ވެރި، މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!

ސޫރަތުގެ ފެށުމުން ޕްލޭކުރޭ

Abdullah Al-Mattrod - Al-Waqi'ah · Tlawati